އޯލެވެލް އަދި ސެކަންޑަރީ އިމްތިހާނުން މަތީ ނަތީޖާ ހޯދި ބިލެތްދޫގެ ދަރިވަރުންނަށް ކައުންސިލުން މަރުހަބާ ކިޔައިފި

އޯލެވެލް އަދި ސެކަންޑަރީ އިމްތިހާނުން މަތީ ނަތީޖާ ހޯދި ބިލެތްދޫގެ ދަރިވަރުންނަށް ކައުންސިލުން މަރުހަބާ ކިޔައިފި

ނިމިދިޔަ އޯލެވެލް އަދި ސެކަންޑަރީ ސުކޫލް އިމްތިހާނުތަކުން މަތީ ނަތީޖާ ހޯދައި، މަތީ އަރުތަވެރިންގެ އެވޯޑް ހާސިލްކުރި ބިލެތްދޫގެ ދަރިވަރުންނަށް އެ ރަށު ކައުންސިލުން ވަރަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މި އިމްތިހާނުތަކުން ފަހުރުވެރި ކާމިޔާބީއެއް ހޯދާފައިވަނީ ބިލެތްދޫއަށް ނިސްބަތްވާ ދެ ދަރިވަރުން ކަމަށްވާ އައިޝަތު ރައިޝާ ދުޚާން އަދި ފާތިމަތު ލަޔާން އެވެ. މި ދަރިވަރުން ހޯދި މަތީ ކާމިޔާބީ ފާހަގަކޮށް ބިލެތްދޫ ކައުންސިލުން ވަނީ އެ ދަރިވަރުންނަށް ތަހުނިޔާ ފޮނުވާފައެވެ.

ބިލެތްދޫ ކައުންސިލުން ނެރުނު މެސެޖެއްގައި ބުނެފައިވަނީ، އޯލެވެލް އަދި ސެކަންޑަރީ ސުކޫލް އިމްތިހާނުން މަތީ އަރުތަވެރިންގެ އެވޯޑް ހާސިލްކުރި ދަރިވަރުންނަށް، ކައުންސިލްގެ ނަމުގައާއި، ރަށުގެ މުއައްސަސާތަކާއި ބިލެތްދޫގެ ލޮބުވެތި ރައްޔިތުންގެ ނަމުގައި ވަރަށް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށެވެ.

މި ދަރިވަރުން ހޯދި މި ކާމިޔާބީއަކީ މުޅި ރަށަށް ލިބުނު ފަހުރެއްގެ ގޮތުގައި ކައުންސިލުން ފާހަގަކުރެއެވެ. އަދި މިއީ ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުން ކުރި ބުރަ މަސައްކަތުގެ ނަތީޖާކަންވެސް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ސަރުކާރުން ތައުލީމީ ދާއިރާއަށް ދެއްވާ ހާއްސަ އަހަންމިއްޔަތުގެ ދަށުން، މަތީ ނަތީޖާ ހޯދާ ދަރިވަރުންގެ އަގު ވަޒަންކުރުމަށް ބާއްވާ "މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ރަސްމިއްޔާތަކީ ކޮންމެ އަހަރަކުވެސް ކުލަގަދަކޮށް ބާއްވަމުން އަންނަ ހަފްލާއެކެވެ. ބިލެތްދޫގެ މި ދަރިވަރުން ހޯދި ކާމިޔާބީއާއެކު، ކުރިއަށް އޮތް ތަނުގައިވެސް އެ ރަށުގެ ގިނަ ދަރިވަރުންތަކެއް ތައުލީމީ ދާއިރާއިން ރަށަށާއި ގައުމަށް ރީތި ނަން ހޯދައިދޭނެ ކަމަށް ރަށުގެ ރައްޔިތުން އުއްމީދު ކުރެއެވެ.

ޙިއްޞާކުރުމަށް:

ޚިޔާލުތައް (0)

އަދި އެއްވެސް ޚިޔާލެއް ލިޔެފައެއް ނެތް. ފުރަތަމަ ޚިޔާލު ލިޔުއްވާ!

ޚިޔާލު ލިޔުއްވާ

0 / 300

ގުޅުންހުރި ޚަބަރުތައް

މައި ޞަފްޙާ ޚަބަރު ރާއްޖެ ދުނިޔެ ކުޅިވަރު މީހުން އިޤްތިޞާދު ވާހަކަ ފަންނު ތާރީޙުން ސިއްޙަތު ޓެކްނޮލޮޖީ ތަސްވީރު