ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރުމާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައިގައި ގޮތެއް ނިންމުމަށް ބާއްވާ މަޖިލީހުގެ ޖަލްސާ އެޖެންޑާ ކޮށްފައިވަނީ މިއަދު ހެނދުނު 09:00 އަށެވެ. އެހެން ނަމަވެސް ޖަލްސާ ފެށުމުގެ ވަގުތުކުޑަތަންވެފައިވަނިކޮށް ނާޒިމް އިސްތިއުފާ ދެއްވިކަން ހާމަކުރައްވާފައިވަނީ އެކްސްގައިނެރުއްވި ބަޔާނެއްގައެވެ.
ޚިޔާލުތައް (0)
އަދި އެއްވެސް ޚިޔާލެއް ލިޔެފައެއް ނެތް. ފުރަތަމަ ޚިޔާލު ލިޔުއްވާ!
ޚިޔާލު ލިޔުއްވާ