އައްޑޫ މީދޫ އަދި ހުޅުދޫ ކައުންސިލްގެ އިދާރާ އުފައްދައި އޮނިގަނޑަށް ބަދަލެއް

އައްޑޫ މީދޫ އަދި ހުޅުދޫ ކައުންސިލްގެ އިދާރާ އުފައްދައި އޮނިގަނޑަށް ބަދަލެއް

އައްޑޫ، މީދޫ އަދި ހުޅުދޫ ކައުންސިލްގެ އިދާރާތައް އަލަށް އުފައްދަވައި، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ އޮނިގަނޑަށް ބަދަލު ގެނެސްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އާންމުކުރި ދެންނެވުމެއްގައެވެ.

މި ދެންނެވުމުގައި ވަނީ، "އައްޑޫ މީދޫ" އަދި "އައްޑޫ ހުޅުދޫ" އަށް ވަކި ރަށު ކައުންސިލް އިދާރާތަކެއް އުފައްދައިފައެވެ. އަދި ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ހިމެނޭ ސަރަޙައްދަކީ "އައްޑޫ ސިޓީ" ގެ ނަމުގައި ހިންގާ ވަކި އިދާރީ ރަށެއްގެ ގޮތުގައި ކަނޑައަޅައި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާވެސް އަލުން ވަނީ ތަރުތީބުކޮށްފައެވެ.

މި ބަދަލު ގެނައީ އައްޑޫގައި މީގެކުރިން ނެގި ފެންނަ، ނުފެންނަ ވޯޓުގެ ނަތީޖާއަށް ބަލައިފައެވެ. އެ އިންތިހާބުގައި މީދޫ އަދި ހުޅުދޫގެ ގިނަ ރައްޔިތުން ބުނެފައިވަނީ އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ބޭނުންވާ ކަމަށެވެ. އެކަމަކު، ފޭދޫގެ ގިނަ ރައްޔިތުން ކައުންސިލުން ވަކިވާން ބޭނުން ނުވިއެވެ.

ދެންނެވުމުން ވަނީ "އައްޑުއަތޮޅު އައްޑޫ މީދޫ ކައުންސިލްގެ އިދާރާ" އާއި "އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލްގެ އިދާރާ"ގެ ނަން އިނގިރޭސި ބަހުން ބޭނުންކުރާނެ ގޮތް ވެސް އާންމުކޮށްފައެވެ.

އަދި ދައުލަތުގެ އިދާރާތަކުން ލިޔާ ސިޓީގައި ނަންބަރު ޖެހުމުގައި "އައްޑުއަތޮޅު އައްޑޫ މީދޫ ކައުންސިލްގެ އިދާރާ"އަށް ލިޔާ ސިޓީގައި ޖަހާނީ 1140 ކަމަށާއި، "އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލްގެ އިދާރާ"އަށް ލިޔާ ސިޓީގައި ޖަހާނީ 1141 ކަމުގައި ވެސް މި ދެންނެވުމުގައިވެއެވެ.

ޙިއްޞާކުރުމަށް:

ޚިޔާލުތައް (0)

އަދި އެއްވެސް ޚިޔާލެއް ލިޔެފައެއް ނެތް. ފުރަތަމަ ޚިޔާލު ލިޔުއްވާ!

ޚިޔާލު ލިޔުއްވާ

0 / 300

ގުޅުންހުރި ޚަބަރުތައް

މައި ޞަފްޙާ ޚަބަރު ރާއްޖެ ދުނިޔެ ކުޅިވަރު މީހުން އިޤްތިޞާދު ފަންނު ތާރީޙުން ސިއްޙަތު ޓެކްނޮލޮޖީ ތަސްވީރު