ވ. އަތޮޅުގެ މަޝްހޫރު "މިޔަރު ޑައިވް" ސައިޓުގެ ހޮހަޅައަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުން ފެނުނީ ފިންލެންޑްގެ ތިން ޑައިވަރުން ފީނައިގެން ކުރި މަސައްކަތުން ކަމަށާއި އެމީހުން މަރުވެފައި ތިބީ ހޮހޮޅައިގެ އެންމެ އަޑީގައި ކަމަށް ދިވެހި ސަރުކާރުން މިއަދު ހާމަކޮށްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހޮޅައަކަށް ޑައިވްކުރަން ގޮސް އުޅެނިކޮށް ގެއްލުނީ އިޓަލީގެ ހަތަރު ޑައިވަރަކާއި އެމީހުން އިންސްޓްރަކްޓަރެވެ. އެމްއެންޑީއެފުން ވިދާޅުވީ އިޓަލީގެ އިންސްޓްރަކްޓަރު ފެނުނީ ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓް) އަޑިން ހޮހަޅައިގެ ތެރެއިން ކަމަށެވެ. ބާކީ ތިބި ހަތަރު ޑައިވަރުން މަރުވެފައި ތިބީ ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ އެ ހޮހަޅައިގެ އެތެރޭގައި ކަމަށް އޭރު ވެސް ލަފާ ކުރެވުނެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ވިދާޅުވީ އިޓަލީގެ ހަތަރު ޑައިވަރުން ހޯދުމަށް ބޭރުން ރާއްޖެއައި ތަޖުރިބާކާރުން އޮރިއެންޓޭޝަން ޑައިވް ކުރިއަށް ގެންދިޔައިރު، ފީނައިގެން އެހާ ފުނަށް ދިއުމަށް އޭރު ޑައިވަރުން ނިންމާފައި ނުވާ ކަމަށެވެ. އެކަމަކު، ހާލަތަށް ބަލާފައި ފިންލެންޑްގެ ޑައިވަރުން ނިންމީ ހޮހޮޅައިގެ އެންމެ އެތެރެއަށް ގޮސްގެން، ހަތަރު މީހުންގެ ހަށިގަނޑު ފެނޭތޯ ބެލުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"ހަތަރު ހަށިގަނޑު ވެސް ފެނުނީ ހޮހޮޅައިގެ އެންމެ އެތެރެއިން، އެއީ ސެގްމަންޓް 3 އިން. އެއީ 200 ފޫޓަށް ވުރެ ދިގު ހޮހޮޅައެއް ކަމަށް އެމީހުން ބުނަނީ." މުންދު ވިދާޅުވިއެވެ.
މުންދު ވިދާޅުވީ މާދަމާގެ ވަގުތެއްގައި ހަތަރު ހަށިގަނޑުގެ ތެރެއިން ދެ ހަށިގަނޑު ނެގުމަށް ފިންލެންޑްގެ ތަޖުރިބާކާރު ޓީމުން ނިންމާފައިވާ ކަމަށެވެ. އަދި އެއް ފަހަރާ ހަތަރު ހަށިގަނޑު ނެގުން އެއީ އެންމެ ރަނގަޅު ގޮތެއް ކަމަށް އެމީހުންނަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް މުންދު ވިދާޅުވިއެވެ.
މި އޮޕަރޭޝަން ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައި ވަނީ އިޓަލީގެ ޑޭން ޔޫރަޕް ކުންފުންޏާއެވެ. ޑައިވާސް އެލާޓް ނެޓްވޯކް ޔޫރަޕުން އެކުލަވާލައި ފޮނުވި މި ޓީމުގައި، 2014 ވަނަ އަހަރު ނޯވޭގައި ހިނގި ހާދިސާއެއްގައި ސަލާމަތްވި ޑައިވަރުން ކާމިޔާބުކަމާއެކު ނެގުމުގައި ބައިވެރިވެފައިވާ ސާމީ ޕާކަރިނެން އާއި ޕެޓްރިކް ގްރޯންކްވިސްޓް ހިމެނެއެވެ. އަދި 2018 ވަނަ އަހަރު ހޮހޮޅައެއްގައި ތާށިވި ތައިލެންޑުގެ ޒުވާން ފުޓުބޯޅަ ޓީމެއް ކާމިޔާބުކަމާއެކު ސަލާމަތްކުރުމުގައި ބައިވެރިވި ބަޔަކު ވެސް މި ޓީމުގައި ހިމެނެއެވެ. މި ކުޅަދާނަ ރެސްކިއު ޓީމުގައި ގާތްގަނޑަކަށް 500 ފޫޓު އަޑިއަށް ޑައިވް ކުރުމުގެ ތަޖުރިބާ ހުރެއެވެ.
ޑައިވް ކުރަނިކޮށް މަރުވެފައިވަނީ އިޓަލީގެ ފަތުރުވެރިންތަކެއް ކަމުގައިވާ މޮނިކާ މޮންޓެފަލްކޯން 52، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލް 20، މުރީއެލް އޮޑެނިނޯ 31، ޖިއަންލުކާ ބެނެޑެޓީ 44، އަދި ފެޑެރީކޯ ގުއަލްޓިއަރީ 31 އެވެ. މީގެތެރެއިން އިންސްޓްރަކްޓަރަކީ އުމުރުން 44 އަހަރުގެ މީހާއެވެ. އަދި ގްރޫޕުގެ އެއް މެމްބަރު ސަލާމަތްވީ ވ. އަތޮޅުގައި މޫދަށް ނޭރުމަށް ކުއްލި ވަގުތުކޮޅެއްގެ ތެރޭގައި ނިންމި ނިންމުމެއްގެ ސަބަބުންނެވެ. މި މަރުތަކުގެ ސަބަބެއް ކަމަށް ލަފާ ކުރެވެނީ އޮކްސިޖަން ޓޮކްސިސިޓީ ނުވަތަ ހަށިގަނޑުގައި އޮކްސިޖަން މާ ގިނަވުމެވެ.
ހަށިގަނޑުތައް އޮތީ ހޮހޮޅައިގެ އެންމެ އަޑީގައި، ހޯދީ ފިންލެންޑް ޑައިވަރުން ފީނައިގެން!
ޚިޔާލުތައް (0)
އަދި އެއްވެސް ޚިޔާލެއް ލިޔެފައެއް ނެތް. ފުރަތަމަ ޚިޔާލު ލިޔުއްވާ!
ޚިޔާލު ލިޔުއްވާ